ޚަބަރު

ވިލިމާލެއަށް ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި


މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މޫސުން ގޯސްވެގެން ވިލިމާލެއާ ދެމެދު ބާއްވާ ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލާފައިވާއިރު، މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.