ޚަބަރު

ޒަޚަމުތަކަށް ފަރުވާދެނިކޮށް ޑޭވިޑް އޭމެސް އަވަހާރަވެއްޖެ


އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ސަރ ޑޭވިޑު އޭމެސްސަށް ވަޅިން ދިން ޙަމަލާގައި ލިބުނު ޒަޚަމުތަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވު ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވައި އޭމެސްސަށް ޙަމަލާދީފައިވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އޭނާގެ ރަސްމީ އިދާރާގައި ހުންނަވަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭމެސް ގައިކޮޅުގެ އެކި ތަންތަނަށް އެ މީހާވަނީ ޙަމަލާދީފައެވެ. އޭނާ އަވަހާރަވީ ލިބުނު ފުން ޒަޚަމުތަކަށް ހަސްފަތާލުގައި ފަރުވާދެނިކޮށެވެ.

އިނގިރޭސިވިލާތުގެ އެސެކްސްގެ ސައުތުއެންޑު ވެސްޓުގެ މެންބަރުކަމަށް އޭމެސް އެންމެ ފުރަޔަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1997ވަނަ އަހަރުގެ ތެރޭގައެވެ. ޤާނޫނުހަދާ މަޖިލީހަށް އޭނާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1983ވަނަ އަހަރުގެ ތެރޭގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭމެސްސަށް ޙަމަލާދީފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާވަނީ ޙަމަލާދިން ސަރަޙައްދުން ޙައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ޙަމަލާދިން މަޤްޞަދެއް އަދި ސާފެއް ނުވެއެވެ.

69 އަހަރުގެ އޭމެސްސަކީ ޔޫކޭ މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓުރީ ގުރޫޕުގެ ޗެއަރއެވެ.