ކުޅިވަރު

ދެކުނު އެމެރިކާގެ 80 ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔަކަށް މެސީ


ދެކުނު އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް 80 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔަކަށް އާޖެންޓީނާ ކެޕްޓަން ލައޮނަލް މެސީ ވެއްޖެއެވެ.

މެސީ މިރެކޯޑް ގާއިމްކުރީ ކޮލިފައިންގައި އުރުގާއާއީ ވާދަކުރި މެޗުގެ ޖެހި ލަނޑާއެކުއެވެ. މެސީ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނީ 2005 ވަނައަހަރުއެވެ. ޖެހިގެން އައިއަހަރު އޭނާ ވަނީ ގައުމީޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. 2004 ވަނަ އަހަރު ފެށިގެން އެއްއަހަރުގެ ތެރޭގައި އާޖެންޓީނާގެ 20އަހަރުން ދަށުގެ ގައުމީ ޓީމަށް މެސީ ވަނީ 14 ލަނޑުޖަހާފައެވެ.

އާޖެންޓީނާގެ 23 އަހަރުންދަށުގެ ގައުމީޓީމަށް 2 ލަނޑު ކާމިޔާބުކުރި އިރު 80 ލަނޑު މެސީ ހަމަކުރީ ގައުމީ ޓީމަށް ކުޅުނު 155 މެޗުންނެވެ. ކުލަބް ކެރިއަރު ބާސެލޯނާއަށް އޭނާ ވަނީ 474 ލަނޑު މެސީ ވަނީ ކާމިޔާބުކޮށްފައެވެ. ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު 6 ފަހަރު ހޯދައިފަވާ މެސީ ވަނީ މި ސީޒަންގައި ހިލޭ ޓްރާންސްފާގެ ދަށުން ޕީއެސްޖީއަށް ބަދަލުވެފައެވެ.