ކުޅިވަރު

ވޭލްސް މޮޅުވެ ގުރޫޕްގެ ދެވަނައަށް ވާދެވެރިކަން ބޮޑުވެއްޖެ


ވޯލްޑްކަޕް ކޮލިފައިން ޔޫރަޕު ކޮލިފައިން ޒޯންގައި ގުރޫޕު އީގައި ވޭލްސް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުންބޭރުގައި އެސްޓޯނިއާ ވާދަކޮށް ވޭލްސް މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 12 ވަނަ މިނިޓުގައި ވޭލްސްއަށް ކާމިޔާބުކޮށްދިނީ ކައިފާ މޫރޭއެވެ. ރޭ ހޯދި މޮޅާއެކު ވޭލްސްއަށް ވަނީ ގުރޫޕްގެ ޕްލޭއޯފް ކޮލިފައިންގެ ވާދަވެރިކަން ބޮޑުވެފައެވެ. މިހާރު ގުރޫޕުގެ ދެވަނައިގައިވާ ޗެކްރިޕަބްލިކަށް ވަނީ 7މެޗުން 11 ޕޮއިންޓު ލިބިފައެވެ.

ޗެކްރިޕަބްލިކް ރޭ ވަނީ ބެލަރޫސް އަތުން ރަށުން ބޭރުގައި 1-0 ލަނޑުން މޮޅުވެފައެވެ. ފަހު މެޗުގައި ޗެކްރިޕަބްލިކް ވާދަކުރާނީ އެސްޓޯނިއާއެވެ. ވޭލްސްއަށް ބާކީ ދެމެޗު އޮތްއިރު ފަހު ދެމެޗުގައި ވާދަކުރާނީ ބެލަރޫސް އާއި ބެލްޖިއަމްއެވެ. ވޭލްސް މިވަގުތު ގުރޫޕްގެ ތިންވަނައިގަ އޮތީ 6 މެޗުން 11 ޕޮއިންޓާއެކުއެވެ. ދެޓީމު ޕޮއިންޓުގެ ގޮތުން އެއްވެރު ވެއްޖެނަމަ ކޮލިފައިންވާނެ ޓީމެއް ޔަގީންވާނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ވޭލްސް ވޯލްޑްކަޕްގައި އެންމެ ފަހުން ކުޅެފައިވަނީ 1958ވަނަ އަހަރުއެވެ.