ކުޅިވަރު

ޕްރިމިއަރ ލީގުގެ އެއްވަނައަށް ލެސްޓަރސިޓީ އަރައިފި


ޗެލްސީގެ މައްޗަށް ކުރި ހޯދާ އިނގިރޭސި ޕްރިމިއަރ
ލީގު ތާވަލްގެ އެއްވަނަ މަޤާމަށް ލެސްޓަރ ސިޓީ ޖެހިލައިފިއެވެ.



ރޭ ލެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން
ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ލެސްޓަރސިޓީގެ ދެ ލަނޑު
ކާމިޔާބުކޮށްދިނީ ވާޑީއާ މަހަރޭޒްއެވެ. 

ޗެލްސީގެ ހަމައެކަނި ލަނޑު
ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް
ލޮއިކް ރެމީއެވެ. ރޭގެ މެޗްގައި ވާޑީ ކާމިޔާބުކޮށްދިން ގޯލަކީ އިނގިރޭސި ލީގުގައި
އޭނާ ކާމިޔާބުކޮށްދިން ފަނަރަވަނަ ގޯލެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު
ލެސްޓަރސިޓީ ތާވަލްގެ އެއްވަނައަށް ޖެހިލާފައިވަނީ ތިރީސް ފަސް ޕޮއިންޓާއެކުއެވެ.
ދެވަނަގައި އޮތް އާރސެނަލްއަށް ލިބިފައިވަނީ ތިރީސް ތިން ޕޮއިންޓެވެ. 

ރޭގެ މެޗުން
ބަލިވެ ޗެލްސީ ރެލިގޭޝަން ޒޯނާ އެއް ޕޮއިންޓް ކައިރިއަށް ޖެހިލިއިރު ކޯޗް ހޯޒޭ
މޮރީނިޔޯ މަޤާމުން ވަކިކޮށްފާނެކަމުގެ ޙަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ޗެލްސީ އޮތީ ތާވަލްގެ ސޯޅަވަނާގައި ފަނަރަ ޕޮއިންޓާއެކުއެވެ.