ކުޅިވަރު

މެލޭޝިޔާލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އަޝްފާޤް ނޮމިނޭޓްވުން


މެލޭޝިޔާގައި
ކުޅެމުން އަންނަ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމްއަށް ގައުމީ ކެޕްޓަން
އަލީ އަޝްފާގްގެ ނަން ޝޯޓްލިސްޓްކޮށްފިއެވެ. މެލޭޝިއަން
ސުޕާރ ލީގްގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ގައުމީ ކެޕްޓަން އަލީ އަޝްފާގް
މިއަހަރުގެ އެވޯޑްއަށް ޝޯޓްލިސްޓްކޮށްފައިވާއިރު، މިދިޔަ އަހަރު މެލޭޝިޔާގައި ކުޅޭ
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ އަޝްފާގެވެ. 

މިފަހަރު
މިއެވޯޑްއަށް އަޝްފާގާއެކު ވާދަކުރަނީ މެލޭޝިއަން ސުޕަ ލީގުގެ ތިން ވަނަ ހޯދި
ޕަހަންގް އެފްސީގެ ނައިޖީރިއާ ފޯވާޑް ޑިކްސަން ވަކައެމޭއާ، މެލޭޝިއަން ސުޕަ ލީގުގެ
ޗެމްޕިއަން ޖޮހޯރުގެ އާޖެންޓީނާ ފޯވާޑް ލޫސިއާނޯ ފިގުއޭރޯއެވެ. 

ފިގުއޭރޯ ލީގްގައި
ބާރަ ލަނޑު ޖަހާފައިވާއިރު، ގައުމީ ކެޕްޓަން އަލީ އަޝްފާގްވަނީ ދިހަ ލަނޑު ޖާހާފައެވެ. އަދި ވަކައެމޭވަނީ ލީގްގައި އަށް ގޯލް ޖަހާފައެވެ. މިއެވޯޑް ހަފްލާ ބޭއްވުމަށް
ހަމަޖެހިފައިވަނީ މިއަންނަ ހުކުރުދުވަހުއެވެ. 

ގައުމީ ޓީމް މިހާރު ސާފް
ސުޒުކީކަޕްއަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި ކޭމްޕް ކުރަމުންދާއިރު،
މިހަފްލާގައި އަލީ އަޝްފާގް ބައިވެރިވުމުގެ ފުރުސަތު ބޮޑެވެ. 

މިދިޔަ އަހަރު
އަޝްފާގަށް މިއެވޯޑް ލިބިފައިވަނީ ޕީޑީއާރްއެމް ދެވަނަ ޑިވިޝަނުން، ފުރަތަމަ
ޑިވިޝަންއަށް ޕްރޮމޯޓްވުމުގައި އޭނާ ހިއްސާ ބޮޑުކަމުންކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި، މެލޭޝިއާ ކަޕްގެ
ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި އަލީ އަޝްފާގުގެ ހިއްސާ
ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.