ކުޅިވަރު

ރާއްޖެ އަތުން ހޯދި މޮޅުން މާބޮޑަށް އުފާކުރެވުނީ އެއީ ހެދުނު ގޯހެއް: މުތައިރީ


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ފުރަތަމަ މެޗުގައި ރާއްޖެ އަތުން މޮޅުވުމުން ނޭޕާލަށް މާބޮޑަށް އުފާފާޅުކުރެވުނު ކަމަށާއި އެއީ ހެދުނު ބޮޑު ގޯހެއް ކަމަށް ނޭޕާލްގެ ކޯޗު ޢަބުދުﷲ އަލްމުތައިރީ ބުނެފިއެވެ.

މުބާރާތުގައި މިރޭ އިންޑިޔާ ދެކޮޅަށް ނުކުތުމުގެ ކުރިން މުތައިރީ ބުނީ ނޭޕާލުން ވިސްނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކަށް ކަމަށާއި އިންޑިޔާއަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން މުތައިރީ ބުނީ އަދިއެއްވެސް ކަމެއް ނޭޕާލާއަކަށް ޔާގީން ނުވާކަމަށާއި ނޭޕާލުން ފުރަތަމަ މެޗުން ހޯދި މޮޅާއެކު މާބޮޑަށް އުފާފާޅު ކުރެވިއްޖެކަމަށް މުތައިރީ ބުނިއެވެ. މުތައިރީ ބުނީ އެއީ ހެދުނު ވަރަށްބޮޑު ގޯހެއްކަމަށެވެ. ގަބޫލްކުރަން ޖެހޭ ހަގީގަތަކީ އަދި މުބާރާތުގެ ފައިނަލު ނޭޕާލަށް ޔަގީން ނުވާކަން ކަމެވެ.

" އަހަރެމެން ޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަން، މުބާރާތުގެ ކުރީކޮޅު ގޯސްތަކެއް ހެދިއްޖެ، ފުރަތަމަ ދެމެޗު ދެއްކި ބުންވަރު މިމެޗުގައި ވެސް އަހަރަމެން ދައްކަން ޖެހޭ" މުތައިރީ ބުނިއެވެ.

މުތައިރީ ބުނީ ނޭޕާލު އޮތީ މުބާރާތުގައި ފައިނަލާ ދެފިޔަވަޅާ ގާތުގައި ކަމަށާއި އެހެންނަމަވެސް އިންޑިޔާ ޓީމަށް އިހްތިރާމްކުރާކަމަށެވެ. އޭނާ ބުނީ މަސައްކަތް ކުރާނީ މެޗުން މޮޅެއް ހޯދަން ކަމަށާއި އެއީ ނޭޕާލަށް ނުވާނެވަރުގެ ކަމެއް ނޫންކަމަށެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ނޭޕާލް އޮތީ 6 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ.

މިހާތަނަކަށް ނޭޕާލުން ސާފް ޗެންޕިއަންޝިޕްގެ ފައިނަލެއްގައި ވާދަކޮށްފައެއް ނުވެއެވެ.