ޚަބަރު

އެންމެ މުޙިއްމުކަމެއް ދޭނީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް: ޖަޕާނުގެ އައު ބޮޑުވަޒީރު


އެންމެ މުޙިއްމުކަމެއް ދެއްވާނީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށްކަމަށް ޖަޕާނުގެ އައު ބޮޑުވަޒީރު ފުމިޔޯ ކިޝީޑާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ކިޝީޑާ ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ބަޖެޓެއް ކަނޑައަޅުއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ކިޝީޑާ ކަނޑައަޅުއްވަން މަސައްކަތްކުރައްވަނީ 268 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެކެވެ.

ޢުމުރުން 64 އަހަރުގެ ކިޝީޑާ އެ މޭރުމުން ވާހަކަދައްކަވާފައިވަނީ އޭނާގެ މޭސްތިރިކަމުގެ ދަށުން ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީ ނޮވެންބަރު މަހުގެ 28ވަނަ ދުވަހު ބާއްވައި ޢާއްމު އިންތިޚާބަށް ކެންޕޭންކުރަމުންދާ ދުވަސްވަރެއްގައެވެ.