ކުޅިވަރު

އުންމީދު އެބައޮތް، ވަގުތު ނަގާނެ: އަލަޖިޗް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗަށް ކުރިމަތީލާއިރު ލަންކާގެ ޓީމާމެދު އުންމީދެއް އެބައޮތް ކަމަށާއި ކާމިޔާބީއަކަށް ހަމަޔަށް ދިޔުމަށް ވަގުތު ނަގާނެކަމަށް ލަންކާގެ ގައުމީ ފުޓްބޯޅައި ޓީމުގެ ކޯޗު އާމިރް އެލާޖިޗް ބުނެފިއެވެ. މުބާރާތުގެ ދެވަނަ މެޗަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އަލާޖިޗް ބުނީ ލަންކާ މުބާރާތުގައި ވާދަކުރި ނަމަވެސް ޓީމުން ވަރަށް ގިނަކަންކަން ދަސްކުރަމުންދާ ކަމަށާއި އޭނާގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް މި މެޗުގައި މަސައްކަތް ކުރާނީ ޓީމުގެ ރޭވުންތެރިކަމަށް ހައްލެގެނެވޭތޯ ކަމަށް އަލާޖިޗް ބުންޏެވެ. އޭނާ ބުނީ ފުރަތަމަ މެޗަށްފަހުގައާއި މިމެޗާ ހަމަޔަށް އައިރު ޓީމު ރޭވުމަށް މަސައްކަތް ކުރެވިއްޖެކަމަށެވެ. އަލަޖިޗް ބުނީ ޓީމާމެދު އޭނާގެ އުންމީދު ބޮޑު ކަމަށާއި ނަތިޖާ ނެރެން ވަގުތު ބޭނުންވާ ކަމަށެވެ. ލަންކާގެ ބޮސްނިޔާ ކޯޗު ބުނީ ލަންކާ މޮޅަކަށް ބޭނުންވެގެން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.

" އަހަންނަށް މެޗަށް ނުކުންނައިރު އޮތް ހިތްހަމަ ޖެހުމަކީ ޓީމުގެ މަސައްކަތުގެ ރޭޓް، އަހަރެން ޓީމާ މެދު އުންމީދު ވަރަށް ބޮޑު. މި ޓީމާއެކު ނަތީޖާ ނެރެން ވަގުތު ބޭނުންވޭ. " 2015 ވަނަ އަހަރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ކޯޗުކޮއްދިން އެލްގިޗް ބުނި.

އަލާޖިޗް ބުނީ ކުޅުންތެރިންނަށް އިތުބާރު ބޭނުންވާ ކަމަށާއި އެކުޅުންތެރިނާއެކު މިހާރު ކުރެވުމުންދަނީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށެވެ. ކޯޗު ބުނީ އެހެންޓީމުތައް އުޅެނީ މުބާރާތުގައި ލަންކާއަށް ވުރެ ތަންކޮޅެއް ލެވަލް މަތިކޮށް ކަމަށާއި އެހެންނަވެސް ލަންކާގެ ފެންވަރުގައި ކުޅެން އަދި ވަގުތު ބޭނުން ކަމަށް އަލާޖިޗް ބުންޏެވެ. އެންމެފަހުން މި ދެޓީމު ވާދަކޮށްފައިވަނީ 2016ވަނަ އަހަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. ނޭޕާލް ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މެޗަށް ނުކުންނައިރު ރާއްޖެ އަތުން ހޯދި މޮޅާއެކު ނޭޕާލުން އޮތީ ތިންޕޮއިންޓް ހަމަކޮށްފައެވެ.