މުނިފޫހިފިލުވުން

"ދަ ވިޗަރ: ބްލަޑް އޮރިޖިން" ގެ ޓީޒަރ ދައްކާލައިފި


މިދިޔަ ހޮނިހިރު ދުވަހު ނެޓްފްލިކްސް އިން ހޯސްޓްކުރި ގްލޯބަލް ފޭން އިވެންޓްގައި "ދަ ވިޗަރ" ގެ ސީޒަން 2 ގެ ޓީޒަރ ދައްކާލައިފިއެވެ.ޓީޒަރ ބަލާލުމުން "ދަ ވިޗަރ" ގެ ސީޒަން 2 ވެސް ވަރަށް ކަމުދާނެކަމަށް ބެލެވެއެވެ.

މީ ލިޔުންތެރިޔާ އަންދްރޭޒް ސެޕްކޯވިސްކީގެ ފެންޓަސީ ޑްރާމާ ސީރީޒެއްގެ މައްޗަށް އުފައްދާފައިވާ 6 ބައިގެ މިނީ ސީރީޒްއެކެވެ.

ސީރީޒް އުފައްދާފައިވަނީ ލައުރެން ޝްމިތް ހިސްރިޗް އެވެ. އަދި އޭނާއަކީ ސީރީޒްގެ އެގްޒެކްޓިވް ޕްރޮޑިއުސަރުވެސްމެއެވެ.

"ދަ ވިޗަރ" ގެ ތަރިންގެ ތެރޭގައި ސޯފިއާ ބްރައުން، ލައުރެންސް ފުއެރިއަން، މައިކަލް ޔިއޯ، ލެނީ ހެންރީ، މިރެން މެކް އަދި ޑައިލާން މޯރަން ހިމެނެއެވެ.

ދެވަނަ ސީޒަން މި އަހަރު ތެރޭގައި ފެންނާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.