ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި


އިނގިރޭސި ލީގުގައި ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ. ލީގު ފެށިއިރު ފޯމު ދަށްކޮށްދިޔަ ނަމަވެސް ރޭ އާސެނަލް އިން މޮޅެއް ހޯދީ އަމިއްލަ ދަނޑުގައި ކުޅެ ޓޮޓެންހަމް އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ.

އާސެނަލް އިން ޖެހި ތިންލަނޑު ފުރަތަމަހާފްގެ ކުރީކޮޅު ފެނިގެން ދިޔަ މެޗުގައި އާސެނަލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސުމިތް ރޯއީ، އައުބަމަޔަންގެ އިތުރުން ސާކާއެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗު ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީ ސޮންއެވެ.

ލީގުގެ ފުރަތަމަ ތިންމެޗުގައި ހޯދި ނަތިޖާއެކު ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ރޭގެ މެޗުން ބަލިވުމުން 6 މެޗުން ލިބުނު 9 ޕޮއިންޓާ އެކު އޮތީ އާސެނަލް އަށްވުރެ އެއްދަރަޖަ ފަހަތުން 11 ވަނައިގައެވެ. ރޭގައި ހޯދި މޮޅާއެކު އާސެނަލް ވަނީ ލީގުގެ ދިހަވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރޭގައި ލިގުގައި ރަށުން ބޭރުގައި ވޫލްވޯސް ވަނީ ސައުތުހެމްޓަން އަތުން 1-0 ލަނޑުން މޮޅުވެފައެވެ. މި މޮޅާއެކު ވުލްވޯސް ވަނީ ލީގުގެ 14ވަނައަށް ކުރިޔަށް ޖެހިލާފަ.