މުނިފޫހިފިލުވުން

ކޮރެއާ ޑްރާމާ "މައި ނޭމް" ނެޓްފްލިކްސަށް


ދެކުނު ކޮރެއާގެ ރިވެންޖް ޑްރާމާ "މައި ނޭމް" އަންނަ މަހު 15 ގައި ނެޓްފްލިކްސުން ދައްކަން ފަށަން ނިންމައިފިއެވެ.

ކުށުގެ ވެށީގައި ދިރިއުޅެ ފަހުން އަންޑަރ ކަވަރ ކޮޕަކަށް ބަދަލުވެ އޭނާގެ ބައްޕަގެ ޤާތިލަކީ ކާކުކަން ހޯދަން އުޅޭ އަންހެނެއްގެ ވާހަކަ ކިޔާދޭ މި ޑްރާމާގެ ޑައިރެކްޓަރަކީ ކިމް ޖިން މިން އެވެ. ކިމް ވަނީ މީގެކުރިންވެސް އޭނާގެ ޑްރާމާ "އެކްސްޓްރާ ކަރިކިއުލަރ" ގެ މަސައްކަތް ނެޓްފްލިކްސާއި އެކުކޮށްފައެވެ.

ސެޕްޓެމްބަރު 25 ވަނަ ދުވަހު ފަށާފައިވާ އަ ނެޓްފްލިކްސް ގްލޯބަލް ފޭން އިވެންޓްގައި ވަނީ 'މައި ނޭމް' ގެ ޓީޒަރވެސް ދައްކާލާފައެވެ.

ކޮރެއާގެ އަރަމުން އަންނަތަރި ހަން ސޯ ހީ ލީޑް ރޯލުން ފެންނަ މި ޑްރާމާގައި ހަން ސޯ ގެ ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެއެވެ.