ޚަބަރު

އިތުރު 72 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 72 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 84،300އިން މައްޗަށް އަރައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑަށް އަލަށް ޕޮޒިޓިވްވި 72 މީހުންގެ ތެރޭއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 31 މީހުންނެވެ. ރަށްތަށުން 36 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 4 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 84362އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 1551 މީހުންނެވެ. އަދި އޭގެތެރެއިން 20 މީހުންނަށް ފަރުވާދެމުން ގެންދަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 135 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،567 އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4632 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ވަނީ ނިޔާވެފައެވެ.