17 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފެށުމުން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ "ކޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މެއިލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި އެ ސަފާރީން ދަތުރުކުރި 17 މީހުން މާލޭ ކޯސްޓްގާޑުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކަނޑު ވަރަށް ގަދަވުމުގެ ސަބަބުން މިހާރު މަސައްކަތް ކުރަމުންގެންދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވަނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މުސުބާ ބެހޭ ޤައުމީ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ.