ޚަބަރު

ބާބަޑޮސްގެ ބޮޑުވަޒީރުގެ ތަޤްރީރުގައި ބޭނުންކުރެއްވީ ބޮބް މާލީގެ ލަވައެއް


އެމެރިކާގެ ނިޔު ޔޯކް ސިޓީގައި ކުރިޔަށްދާ އދގެ ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބާބަޑޮސްގެ ބޮޑުވަޒީރު މިޔާ އަމޯރް މޮތުލީ ދެއްވި ތަޤްރީރުގައި މަޝްހޫރު ރެގޭ ލަވަކިޔުންތެރިޔާ ބޮބް މާލީގެ ލަވައެއް ބޭނުންކުރައްވައިފިއެވެ.

ބާބަޑޮސްގެ ބޮޑުވަޒީރުގެ ދެއްވި ތަޤްރީރުގައި އަލިއަޅުއްވާލައްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކޯވިޑް-19ގެ ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއި ފަޤީރުކަމާއި ތަޢުލީމަށެވެ. އޭނާ ދެއްވި ތަޤްރީރުގައި އެ މައްސަލަތަކަށް އަލިއަޅުއްވާލައްވަން ބޭނުންކުރެއްވީ ބޮބް މާލީގެ ލަވައެއްކަމަށް ގެޓު އަޕު، ސުޓޭންޑު އަޕެވެ. އެއީ ޙައްޤުތައް ހޯދުމާ ގުޅޭގޮތުން 1973 ކިޔާފައިވާ ލަވައެކެވެ.

ޢާއްމު މަޖިލީހުގައި ވަރަށް ޖޯޝާއެކު ތަޤްރީރުކުރައްވަމުން ޢުމުރުފުޅުން 76 އަހަރުގެ މޮތުލީ ވިދާޅުވީ ފިރިހެނުން ތަލަވުމުގެ މައްސަލަ ޙައްލުކޮށް ހަނދަށް އިންސާނުން ފޮނުވޭނަމަ އެއަށްވުރެ ކުދި މައްސަލަތަކަށް ޙައްލެއް ގެނެވޭނެކަމަށެވެ. އަދި އދއަކީ ރީތި ބަސްތައް ބުނަން އޮންނަ ތަނެއްގެ ބަދަލުގައި ޢާއްމު ރައްޔިތުންގެ ބޭނުންތައް ފުއްދާދޭނެ ޖަމުޢިއްޔާއަކަށް ވާންޖެހޭކަމަށްވެސް މޮތުލީ ވިދާޅުވިއެވެ. އެހެންނޫންނަމަ އދގެ ބޭނުމެއް ދުނިޔެއަކަށް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ހުސް މާލަމެއްގައި ތަޤްރީރުކުރައްވަން ޖެހިވަޑައިގަންނަވާނީ ކިތައް ފަހަރުތޯ ދުނިޔޭގެ ވެރިންގެ އަރިހުން އައްސަވައިފައެވެ. އަދި ޢާއްމު ޙައްޤުތައް ހޯދުމަށް ތެދުވެ މަސައްކަތްކުރާނީ ކޮން ބައެއްތޯ އޭނާވަނީ ސުވާލުކުރައްވައިފައެވެ.

ބާބަޑޮސްގެ ބޮޑުވަޒީރުގެ ތަފާތު ތަޤްރީރުގެ ސަބަބުން ގިނަ ބައެއްގެ ޝައުޤުވެރިކަންވަނީ އޭނާއަށް ހުއްޓިފައެވެ.