ކުޅިވަރު

އަބްރަހަމްގެ ލަނޑުން ރޯމާއަށް މުހިންމު މޮޅެއް


އިޓާލިއަން ސެރިއާގައި އިނގިރޭސި ކުޅުންތެރިޔާ ޓަމީ އަބްރްހަމްގެ ލަނޑާއެކު ރޯމާއިން ލީގުގެ މުހިންމު މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނުމެޗުން ރޯމާ ކުރި ހޯދީ އުދިނޭޒީއާ ވާދަކޮށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.

މެޗުގެ ހަމައެކަނި ލަނޑު އަބްރަހަމް ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 36ވަނަ މިނިޓުގައެވެ. އަބްރަހަމް ވަނީ އެންމެ ފަހުން ލީގުގައި ރޯމާއަށް ކުޅުނު ފަސް މެޗު ދެލަނޑު ކާމިޔާބުކޮށްދީ ދެލަނޑު ޖަހަން އެހީތެރިވެދީފައެވެ. އަބްރަހަމް ރޯމާއާ ގުޅުނީ ޗެލްސީން 34މިލިއަން ޕައުންޑް އަގަކަށެވެ. ކުލަބާ ގުޅުފަހުން ކުޅުނު 7 މެޗުގައި އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 89 ވަނަ މިނިޓުގައި ރޯމާގެ ލޮރެންޒޯ ޕްލެގްރިނީއަށް ދެރީނދޫ ކާޑާ އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ހޯސޭ މޮރީނިޔޯގެ ކޯޗުކަމުގައި ރޯމާ ވަނީ މިދިޔަ އާދީއްތަ ދުވަހު ފުރަތަމަ ފަހަރަށް ލީގުގައި ވެރޯނާ އަތުން ބަލިވެފައެވެ. ރޭގެ ހޯދި މޮޅާއެކު މިސީޒަންގައި ވާދަކުރާ ހުރިހާ މުބާރާތަކުން ރޯމާ ވަނީ ހަ މޮޅު ހޯދާފައެވެ.

ރޯމާ ތާވަލުގެ ކުރިޔަށް ޖެހިލިއިރު 12 ޕޮއިންޓާއެކު އެޓީމު އޮތީ އިންޓަމިލާން އާއި އެސީ މިލާނަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ތާވަލުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނަގައި އޮތް ނަޕޯލީން ވަނީ މޮޅުވުމުގެ 100 ޕަސެންޓްގެ ރެކޯޑް ދަމަހައްޓާފައެވެ. ސަންޕްޑޯރިޔާ އަތުން ނަޕޯލީ މޮޅުވީ 4-0 ލަނޑުންނެވެ. ނަޕޯލީން ލީގުގެ އެއްވަނައިގަ އޮތީ ކުޅުނު ފަސްމެޗުން ހޯދި 15 ޕޮއިންޓާއެކުގައެވެ.