ކުޅިވަރު

ވެސްޓްހަމް އަތުން ބަލިވެ ޔުނައިޓެޑު ލީގުކަޕުން ކަޓައިފި


އިނގިރޭސި ލީގު ކަޕުގައި ވެސްޓްހޭމް އަތުން ބަލިވެ މުބާރާތުން މެންޗެސްޓަރ ޔުނައިޓެޑު ކަޓައިފިއެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓްހަމް ކުރި ހޯދީ 1-0 ލަނޑުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލީގުގައި ރަށުން ބޭރުގައި ޔުނައިޓެޑު މޮޅުވީ 2-1 ލަނޑުންނެވެ. ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލު ތަކަކާއެކުގައެވެ. މެޗުގެ ހަމައެކަނި ލަނޑު ވެސްޓްހޭމަށް ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނިޓުގައި މެނުއަލް ލަންޒީނީއެވެ. މިއީ 12 މަސްފަހުން އޭނާ ވެސްޓްހޭމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިއީ 2007 ވަނަ އަހަރު ޔުނައިޓެޑުގެ ދަނޑުގައި މޮޅުވިފަހުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

މިއީ ޔުނައިޓެޑުގެ ކުރީގެ ކޯޗު މިހާރު ވެސްޓްހޭމްގެ ކޯޗަކަށް ހުރި ޑޭވިޑް މޮޔޭސް ޔުނައިޓެޑެ ދޫކޮށްދިޔަފަހުން އެޓީމާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ހޯދި ފުރަތަމަ މޮޅެވެ. މުބާރާތުގެ ގަދަ 16ގައި ވެސްޓްހޭމް ވާދަކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.