މުނިފޫހިފިލުވުން

"ޖާރޒީ" އަށްފަހު ޝާހިދަށް އަނެއްކާވެސް ފްރެންޗް ރީމޭކެއް


"ކަބީރު ސިންގް" ގެ ކާމިޔާބަށްފަހު އެކްޓަރ ޝާހިދު ކަޕޫރު އަތުގައި ދެން އޮތީ ތެލުގޫ ރީމޭކް "ޖަރޒީ" އެވެ. މީގެއިތުރުން ޝާހިދުގެ ދެ ވެބް ސިރީޒްއެއްވެސް ކުރިއަށް އެބައޮތެވެ.

އެ މަސައްކަތްތައް ނިންމާލުމަށްފަހު ޝާހިދު އަންނަނީ އަނެއްކާވެސް ރީމޭކެއްގެ މަސައްކަތްކުރަން ތައްޔާރުވަމުންނެވެ. ޢަލީ ޢައްބާސް ޒަފަރާއި އެކު ޝާހިދުގެ މި ފަހަރުގެ ފިލްމަކީ ޝާހިދުގެ ފުރަތަމަ ޑިޖިޓަލް ފިލްމެވެ.

މި ފިލްމަކީ ފްރެންޗް ތްރިލަރ އެއްގެ ހިންދީ ރީމޭކެވެ. ޢަލީ ވަނީ ފްރެންޗް ތްރިލަރ "ނައިޓް ބްލެންޗް" ގެ ރައިޓްސް ގަނެފައެވެ. ޓޮމަރ ސިސްލޭ ލީޑް ރޯލުން ފެންނަ މި ފިލްމުގެ އިނގިރޭސި ނަމަކީ "ސްލީޕްލެސް ނައިޓްސް" އެވެ.

2011 ވަނަ އަހަރު ދެއްކި މި ފިލްމަކީ އަންޑަރވޯރލްޑް ގޭންގްސްޓާރަކާއި ސިފައިންގެ މީހެއްގެ ޙަޔާތުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ސިފައިންގެ މީހެއްގެ ރޯލުން ޝާހިދު ފެންނައިރު ފިލްމުގެ އޮރިޖިނަލް ވާހަކައަށްވަނީ އިންޑިއަން އޯޑިއަންސަށް ފައްތައިގެން ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ.