ކުޅިވަރު

ޔުވެންޓަސްއަށް މިލާން އަތުން މޮޅެއް ނުވެވުނު


އިޓާލިއަން ސެރިއާގައި ޔުވެންޓަސް އާއި ވާދެވެރި އޭސީ މިލާން ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޔުވެންޓަސް އެއްވަރުވީ މިލާން އަތުން 1-1 ލަނޑުންނެވެ.

މެޗުގެ ހަތަރުވަނަ މިނިޓުގައި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ލީޑު ނަގައިފަ ވަނިކޮށް މިލާނުން ނަތީޖާ ހަމަހަމަކުރީމެޗުގެ ފަހުބައިގައެވެ. މިލާނަށް މިލަނޑު ކާމިޔާބުކޮށްދިނީ އެންޓޭ ރެބިކްއެވެ. ލީގުގައި ފުރަތަމަ ހަތަރު މެޗު ކުޅުނުއިރު އަދި ޔުވެންޓަސް އަށް މޮޅެއް ލިބިފައެއްނުވެއެވެ. މިއީ ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ފުރަތަމަ ހަތަރު މެޗުން ޔުވެންޓަސް އަށް މޮޅެއް ނުލިބުނު ފުރަތަމަ ފަހަރެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު މިލާނަށް އެއްވަނައިގައިވާ އިންޓަމިލާނާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރިއިރު ޔުވެންޓަސް ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓް. ލީގުގައި ރޭ ރޯމާ ވަނީ ވެރޯނާ އަތުން 3-2 ލަނޑުން ބަލިވެފައެވެ.