ކުޅިވަރު

ފުރަތަމަ ފަސް މެޗުން ޕޮއިންޓެއް ނުލިބި ނޯވިޗް ފުލުގައި


ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީ މޮޅެއް ހޯދުމަށް ކުރަމުންދާ އިންތިޒާރު ދިގުލައިގެން ހިގައްޖެއެވެ. އިއްޔެ އަމިއްލަ ދަނޑުގައި ނޯވިޗް ބަލިވީ ވަޓްފޯޑްއާ ވާދަކޮށް 3-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވަޓްފޯޑްގެ އެމެނުއަލް ޑެނިސް ލަނޑެއް ޖަހައި ކުރި ހޯދައިފަ ވަނިކޮށް ނޯވިޗްއިން ނަތީޖާ ހަމަހަމަކުރީ މި ހާފްގެ ތިމޫ ޕުއްކި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގައި ދެވަނަ ހާފްގައި ވަޓްފޯޑްގެ ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ސަރްއެވެ. ސަރް ވަނީ 2019 އަހަރު އޯގަސްޓްމަހު ޓީމާ ގުޅުނު ފަހުން ވަޓްފޯޑަށް ލީގުގައި މިހާތަނަށް 21 ލަނޑު ކާމިޔާބުކޮށްފައެވެ.

ވަޓްފޯޑުން ހޯދި މޮޅާއެކު ފަސްމެޗުން 6 ޕޮއިންޓް ހޯދައިންގެން 11 ވަނައިގައެވެ. ލީގުގައި ވިދިވިގެން 15 މެޗުން މިހާތަނަށް ބަލިވިއިރު އެޓީމުގެ ކޯޗު ޑެނިއެލް ފާކް ވަނީ ވިދިވިދިގެން 15 މެޗުން ބަލިވި ފުރަތަމަ ކޯޗެވެ. ފުރަތަމަ ފަސްމެޗު ނިމުނުއިރު ނޯވިޗްއަށް ޕޮއިންޓެ ނުލިބުނު އިރު އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ.