ޚަބަރު

ދައުލަތުގެ ބެލުމުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވަމުންދާކަމަށް ބުނެ އިހްތިޖާޖުކުރަނީ


ޖެންޑަރ މިނިސްޓްރީން ދައުލަތުގެ ބެލުމުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވަމުންދާކަމަށް ބުނެ މާދަމާރޭ މާލޭގައި އިހުތިޖާޖުކުރަން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ޕީޕީއެމް ހަރަކާތް ކޮމިޓީގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ މުޒާހަރާ އޮންނާނީ މާދަމާ ރޭ 8:30ގައި ކަމަށާއި، މިއީ ފިޔަވަތީގައި ހިނގާ ހާދިސާތަކާއި ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ބާއްވާ އިހުތިޖާޖެއްކަމަށެވެ. އޭނާ ވަނީ މިއީ ސިޔާސީ މަޤްޞަދެއްގައި ބާއްވާ ހަރަކާތެއް ނޫންކަމަށްވެސް ވިދާޅުފައެވެ. މިއީ ގެއްލެމުންދާ އަސާސްތައް ނެގެހެއްޓުމަށް ކުރާ މަސައްކަތްތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފިސް ދޮރުމަތިންނެވެ. އަދި ޖެންޑަރ މިނިސްޓްރީ ކައިރިއަށްވެސް އެއްވުމަށް ނިންމާފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެކުދިން ތިބޭ މަރުކަޒުތަކުގެ ފުރާޅަށް އަރައި ބައެއްކަހަލަ ހަމަނުޖެހުން އުފައްދާކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

މި މައްސަލާގައި ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި މިވަތުގުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއެކު މަސައްކަތްކުރަމުން ދާކަމަށް ޖެންޑަރގެ ބަޔާނުގައިވެއެވެ.

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ޤަބޫލުކުރެވޭކަމަށާއި، އެހެންނަމަވެސް، ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް މި ސަރވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ޖެންޑާއިން ވަނީ އެދިވަޑައިގެންފައެވެ.