ކުޅިވަރު

ބެސިކްޓާސްކް އަތުން ޑޯޓްމުންޑަށް އުނދަގޫ މޮޅެއް


ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ތުރުކީގެ ބެސިކްޓާސްކް އަތުން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗު ޑޯޓްމަންޑް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ދެލަނޑު ފުރަތަމަހާފްގައި ކާމިޔާބުކުރީ ޑޯޓްމުންޑްއިންނެވެ. ބެލިންހަމް ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 20 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބެލިންހަމް ދިން ބޯޅައަކުން ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ކުޅުނު 17 މެޗުން އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. މީގެ ކުރިން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ސަލްޒްބާގަށް ކުޅެފައެވެ.

މި ގުރޫޕްގައި ރޭ އަޔެކްސް އާއި ސްޕޯޓިން ވާދަކުރި މެޗު 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އަޔެކްސްއެވެ. ރޭގައި މޯލްޑްވާގެ ޝެރިފް ޓްރެސްޕޯލް ވަނީ ޗެމްޕިއަންސް ލީގުގައި އެޓީމުގެ އަލަތު މެޗު ކުޅެފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ޝެރިފް ޓެރެސްޕޯލް މެޗު ކާމިޔާބުކުރީ 2-0 ލަނޑުނެވެ.