ޚަބަރު

އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހު އެމެރިކާއަށް


އދގެ 76 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންނަ ހޮނިހިރުދުވަހު އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ސާލިހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނާވެނަކަމަށެެވެ. މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓަރަލް ސެޝަންތަކުގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އދގެ 76 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންނަ ހޮނިހިރުދުވަހު އެމެރިކާއަށް ވަޑައިގަންނަވާއިރު، އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްއަކީ ރާއްޖޭގެ ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.