ކުޅިވަރު

އެމްބާޕޭ އާއި ހާލަންޑް ގަންނާނެ ފައިސާ ރެއާލްގައި އެބަހުރި: ޓީބާސް


ކިލިއަން އެމްބާޕޭ އަދި އާލިން ހާލަންޑް ގަންނަން ބޭނުންވާ ފައިސާ ރެއާލް މެޑްރިޑްގައި އެބަހުރިކަމަށް ލަ ލީގާގެ ރައީސް ހާވިއޭ ޓީބާސް ވިދާޅުވެއްޖެއެވެ.

މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވިދުން ގަދަ ޒުވާން ދެ ތަރިންކަމަށްވާ ބޮރޫޝިޔާ ޑޯޓްމުންޑްގެ އާލިން ހާލަންޑާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން ވަނީ މީގެ ކުރިންވެސް މަސައްކަތްކޮށްފައެވެ. އަދި އަންނަ ފިނި މޫސުމުގެ ޓްރާންސްފަރގައި މި މަސައްކަތް އިތުރަށް ކުރާނެކަމަށް ބެލެވެއެވެ. ސްޕެއިންގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި މި ދެ ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ކުރެވިދާނެކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާގުޅޭ ގޮތުން ލަލީގާގެ ރައީސް ވިދާޅުވީ ރެއާލް މެޑްރިޑްގައި ފައިސާ އެބަހުރިކަމަށާއި، އަންނަ ޓްރާންސްފަރގައި މި ދެ ކުޅުންތެރިން ބާސެލޯނާއަށް ސޮއިކޮށްގެން އޭނާ ހައިރާން ނުވާނެކަމަށެވެ. ރެއާލް މެޑްރިޑުން އެމްބާޕޭ ގަންނަން ތައްޔާރަށް އޮތްކަމުގައިވިޔަސް މިކަމަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ފްރާންސްގެ ޕީއެސްޖީން އޭނާ ވިއްކާލަން ބޭނުން ނުވުމެވެ.

ޓޭބާސް ވިދާޅުވީ ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ބޭނުންނުވާ ސަބަބު ނުވިސްނޭކަމަށެވެ. ސަބަބަކީ އެކުލަބުން ކުޅުންތެރިންގެ މުސާރައަށް ބޮޑު ހޭދައެއް ކުރަން ޖެހުމާއި އެމްބާޕޭ ރެއާލް މެޑްރިޑާއި ގުޅެން ބޭނުންވުމެވެ. ޓޭބާސް ވަނީ ކުޅުންތެރިން ގަނެ ވިއްކުމާއި ގުޅޭގޮތުން ޔުއެފާއިން ހަދާފައިވާ ގަވާއިދުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރު ހާލަތު އޮތް ގޮތުން ޔޫރަޕްގެ ފުޓްބޯޅަ ދަނީ ފަހަތަށްކަމަށައި، ބޮޑެތި މަހުޖަނުން ހިންގާ ކުލަބުތަކުގެ ސަބަބުން ފުޓްބޯޅައަށް ބޮޑު ގެއްލުމެއް ވަމުން އަންނަ ކަމަށެވެ.