މުނިފޫހިފިލުވުން

4 އަހަރު އެކުގައި އުޅުމަށްފަހު ބްރިޓްނީއާއި ސޭމް އެންގޭޖެވެއްޖެ


ހަތަރު އަހަރު އެކުގައި އުޅުމަށްފަހު ޕޮޕް ލަވައިގެ ދުނިޔޭގައި ވިދާލި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސް އާއި ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖްވެއްޖެއެވެ.

އެންގޭޖްވުމަށްފަހު ނަގާފައިވާ ފޮޓޯއެއް މިދިޔަ އާދީއަތް ދުވަހު ދެމީހުންވެސްވަނީ އިންސްޓްގްރާމްގައި ޙިއްޞާކޮށްފައެވެ. އެ ޕޯސްޓްގައި ބްރިޓްނީ ވަނީ އޭނާގެ ޑައިމަންޑް އަގޮޓީ ދައްކާލާފައެވެ. ބްރިޓްނީގެ ގިނަ ފޭނުންވަނީ އޭނާގެ މި ނިންމުމަށް މަރުޙަބާވެސް ކިޔާފައެވެ.

ބްރިޓްނީއާއި ސޭމް ދިމާވަނީ 2016 ވަނަ އަހަރު ބްރިޓްނީގެ މިޔުޒިކް ވީޑިއޯ "ސްލަމްބަރ ޕާޓީ" ގެ ސެޓުންނެވެ. އޭގެފަހުން ދެމީހުން އެކުގައި ހަތަރު ވަނީ ހޭދަކޮށްފައެވެ.

އުމުރުން 11 އަހަރުގައި ޑިޒްނީގެ މިކީ މައުސް ކްލަބް އިން އެކްޓިންގެ ދާއިރާއަށް ނިކުމެ އޭގެފަހުން 2002 ވަނަ އަހަރު ދެއްކި ޓީން ޑްރާމާ ރޯޑް ފިލްމު "ކޮރޮސްރޯޑްސް" އަދި އެމެރިކާގެ ސްޕައި އެކްޝަން ކޮމެޑީ ޑްރާމާ ސީރީޒަކުން ބްރިޓްނީ ވަނީ ފެނިފައެވެ. މީގެ އިތުރުން ޓީވީ ސީރިޒް "ގްލީ" އަދި "ހައު އައި މެޓް ޔުއަރ މަދަރ" އިންވެސް ބްރިޓްނީ ފެނިގެން ގޮސްފައިވެއެވެ.

ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ބްރިޓްނީއަށް ވަނީ ތަފާތު އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އޭނާގެ ފަރާތުން އަޚުލާގީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެ، މަސްތުގެ ދަލުގައި ވެސް ޖެހި ދުވަސްތަކެއް ވަންދެން ރިހެބްގައި ވެސް އުޅެން ޖެހުނެވެ.