ކުޅިވަރު

ފަހަތުން އަރައި ކާޑިފް ސިޓީ މެޗު ކާމިޔާބުކޮށްފި


އިނގިރޭސި ޗެމްޕިއަންޝިޕްގައި ކާޑިފް ސިޓީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށް، ލީގުގައި މުހިންމު މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި ކާޑިފް މޮޅެއް ހޯދީ ނޮޓިހަމް ފޯރެސްޓާއި ވާދަކޮށް 2-1 ލަނޑުން ކުރިހޯދައިގެންނެވެ. ނޮޓިހަމްއިން މެޗުގައި ލީޑު ނެގީ ފުރަތަމަހާފުގައި ލެވިސް ގްރޭންބަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގައި ކާޑިފްގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ ރުބިން ކޮލްވިލްއެވެ.

ލީގުގެ އެންމެ ފަހުން ކުޅުނު ހަމަޗުން 1 ޕޮއިންޓް ނޮޓިހަމް އަށް ލިބުނު ޓީމުގެ ކޯޗު ކްރިސް ހުޓަންއަށް ވަނީ ބޮޑު ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ. އެންމެފަހުން ރަށުން ބޭރުގައި ނޮޓިހަމް އަތުން އެންމެފަހުން ކުޅުނު ފަސްމެޗުގައި ކާޑިފް މޮޅުވެފަނުވެއެވެ. ރޭގެ ހޯދި މޮޅާއެކު ކާޑިފް އޮތީ 6 މެޗުން ހޯދި 11 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. ނޮޓިހަމް އޮތީ އެންމެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.