މުނިފޫހިފިލުވުން

ރިލީޒްކުރިތާ ގަޑިއިރެއްނުވެ "ބޫތް ޕޮލިސް" ލީކްކޮށްލައިފި


ކަންގްނާ ރަނައުތްގެ އެންމެ ފަހު ފިލްމު "ތަލައިވީ" ރިލީޒްކުރިތާ މާގިނައިރުތަކެއް ނުވަނީސް ފިލްމު ވަނީ ލީކްވަނީ ކޮށްލާފައެވެ. އަނެއްކާވެސް މި ވަނީ ބޮޑު ފިލްމެއް ލީކުކޮށްލާފައެވެ.

ސައިފް ޢަލީޚާން، އަރުޖުން ކަޕޫރު، ޔަމީ ގޯތަމް އަދި ޖެކްލިން ފެނާންޑަޒް ފެނިގެންދާ ފިލްމު "ބޫތް ޕޮލިސް" ޑިޒްނީ ޕޮލިސް ހޮޓް ސްޓާއިން ރިލީޒްކުރިތާ ގަޑިއިރުތަކެއްނުވެ ފިލްމުވަނީ އޮންލައިންކޮށް ލީކްކޮށްލާފައެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މި ފިލްމު މިހާރު ޓޮރެންޒް ސައިޓުން ސްޓްރީމް ކުރެވޭނެއެވެ. އަދި އިތުރު އެހެން ވެބްސައިޓްތައް ކަމަށްވާ ޓަމިލްރޮކާޒް، މޫވީރޫލްޒް އަދި ޓެލެގްރާމްއިންވެސް ފިލްމު މިހާރު ފްރީކޮށް ޑައުންލޯޑް ކޮށްލެވޭނެއެވެ. މިކަމާއި ގުޅިގެން ފިލްމުގެ ޓީމުން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

"ބޫތް ޕޮލިސް" މި ފިލްމަށް އަންނަނީ އެކިކަހަލަ ރިވިއުތައް ލިބެމުންނެވެ. ބިރުވެރި ކަންތައްތަކެއް ހެއްވާ ގޮތަކަށް ފެންނަ ހޮރަ ކޮމެޑީ "ބޫތު ޕޮލިސް" ގެ ކާސްޓްގައި ސައިފްގެ އިތުރުން އަރުޖުން ކަޕޫރާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޔަމީ ގޯތަމް ހިމެނެ އެވެ. ޕަވަން ކިރްޕްލާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރަމޭޝް ތައުރާނީ އަދި އަކްޝައި ޕޫރީއެވެ. ކޯ ޕްރޮޑިއުސްކޮށްފައިވަނީ ޖަޔާ ތައުރާނީ އެވެ.