ކުޅިވަރު

ހާލަންޑްގެ ދެލަނޑުން ޑޯޓްމަންޑަށް މުހިންމު މޮޅެއް


ޖަރުމަނު ބުންޑަސްލީގާގައި ބްރޫޝިޔާ ޑޯޓްމަންޑްގެ އާލިން ހާލަންޑް ކާމިޔާބު ކުރި ދެލަނޑާއެކު ޑޯޓްމަންޑުން ބޮޑު މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި ޑޯޓްމަންޑްއިން ކުޅުނު މެޗުން ހަތް ލަނޑު ފެނިގެން ދިޔައިރު ޑޯޓްމަންޑް މޮޅުވީ ބަޔާ ލެވަކޫސަން އަތުން 4-3 ލަނޑުންނެވެ.

2-1 ލަނޑުން ފުރަތަމަ ހާފްގައި ލެވަކޫސަން ކުރި ހޯދިއިރު އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ވިޒް،ޝިކް އާއި ޑިއެބީއެވެ. މެޗުގައި ޑޯޓްމަންޑުން ނަތިޖާ އަނބުރާލީ ދެވަނަ ހާފްގައި އެޓީމަށް ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުގެ އިތުރުން ބްރޭންތް އާއި ގުއިރެރޯ ކާމިޔާބުކުރި ލަނަޑުންނެވެ. ހާލަންޑުގެ މެޗުން ޑޯޓްމަންޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 13 މިނިޓަށް ވެފައިވަނިކޮށެވެ.

މި މޮޅާއެކު ޑޯޓްމަންޑް ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައިގައެވެ. ރޭގެ މެޗުން ބަލިވުމުން ލެވަކޫސަން ވަނީ ތާވަލުގެ 6 ވަނައަށް ވެއްޓިފައެވެ. ލެވަކޫސަންއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.