ޚަބަރު

އިންޑިއާއަށް ކަނޑައަޅުއްވާ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް މުހައްމަދު އިބްރާހިމް


އިންޑިއާއަށް ކަނޑައަޅުއްވާ ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވީ ކާނަލް އަޙްމަދު ތާހިރުއެވެ.

އިންޑިއާއަށް ކަނޑައަޅުއްވާ ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް
އައްޔަންކުރެއްވިއިރު، އޭނާ މިހާތަނަށް ހުންނެވީ އެމްއެންޑީއެފްގައި އެޖުޓަންޓް ޖެނެރަލްގެ މަގާމުއެވެ. އޭގެކުރިން އޭނާ ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމުގައެވެ.

ކާނަލް މުޙައްމަދު އިބްރާހީމް ސިފައިންގެ ޚިދުމަތުގައި އުޅުއްވާ 20 އަހަރަށް ވުރެ ގިނަ ވަނީ ވެފައެވެ.