މުނިފޫހިފިލުވުން

ޕެން ސްޓޫޑިއޯގެ ކުރިއަށްއޮތް ތިން ފިލްމުވެސް ސިނަމާތަކަށް


ކޯވިޑްގެ ބަލިމަޑުކަމަށްފަހު ސިނަމާތަކުގައި އެޅުވި ފުރަތަމަ ހިންދީ ފިލްމަކީ އަކްޝޭ ކުމާރު ލީޑްރޯލުން ފެންނަ "ބެލް ބޮޓަމް" އެވެ. ނަމަވެސް އަދިވެސް ގިނަ ޕްރޮޑިއުސަރުން ސިނަމާތަކުގައި ފިލްމު އެޅުވުމުގެ ރިސްކު ނަގާކަށް ބޭނުމެއްނުވެއެވެ.

ގިނަ ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައިވާއިރު ބައެއް ބޮޑެތި ފިލްމުތައްވެސް ސިނަމާގެ ބަދަލުގައި އޮންލައިން ޕްލެޓް ފޯމްތަކަށް ދޫކޮށްލުމުގެ ވިސްނުން ޕްރޮޑޮއިއުސަރުންގެ ބޮޑެވެ.

ނަމަވެސް "ގަންގޫބާއި ކާތިއާވަޑީ" ، "އާރްއާރްއާރް" އަދި "އެޓޭކް" ފަދަ ފިލްމުތައް ގެނެސްދޭން ހަމަޖެހިފައިވާ ޕެން ސްޓޫޑިއޯއިން ބުނީ އެމީހުންގެ ކުރިއަށް އޮތް މި ތިން ފިލްމުވެސް ސިނަމާތަކުގައި ރިލިޒްކުރަން މިހާރު ނިންމާފައިވާކަމަށެވެ.

ސަންޖޭލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކާތިއާވަޑީ" ގެ ލީޑްރޯލުން ޢާލިއާބަޓް ފެނިގެންދާއިރު ފިލްމު "އެޓޭ" ގެ ލީޑްރޯލުން ފެންނާނީ ޖޯން އަބްރަހަމް އަދި ރަކުލް ޕްރީތް ސިންގް އެވެ. މީގެއިތުރުން ފިލްމު "އާރްއާރްއާރް" އިން ފެންނާނީ އަޖޭ ދޭވްގަން، އާލިއާ ބަޓް، ޖޭއާރް އެންޓީއާރް އަދި ރާމް ޗަރަން އެވެ.