މުނިފޫހިފިލުވުން

"ބޫތް ޕޮލިސް" ރިލީޒްކުރުން ކުރިއަށް ޖައްސާލައިފި


މި މަހުގެ 17 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒްކުރަން ތާވަލުކޮށްފައިވާ ހޮރަ ކޮމެޑީ "ބޫތް ޕޮލިސް" ރިލީޒްކުރުން 7 ދުވަސް ކުރިއަށް ޖައްސާލާފައިއެވެ. މި ބަދަލާއިއެކު މިހާރު މި ފިލްމު ރިލީޒްކުރާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ބިރުވެރި ކަންތައްތަކެއް ހެއްވާ ގޮތަކަށް ފެންނާނެ "ބޫތު ޕޮލިސް" ގެ ކާސްޓްގައި ސައިފްގެ އިތުރުން އަރުޖުން ކަޕޫރާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޔަމީ ގޯތަމް ހިމެނެ އެވެ. ޕަވަން ކިރްޕްލާނީ ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ރަމޭޝް ތައުރާނީ އަދި އަކްޝައި ޕޫރީއެވެ. ކޯ ޕްރޮޑިއުސްކުރަނީ ޖަޔާ ތައުރާނީ އެވެ.

މި މަހު ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގެ ޓްރެއިލަރވެސް މިދިޔަ މަހު ވަނީ ދައްކާލާފައެވެ.