ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕްގެ އެއްވަނައަށް ނެދަލަންޑްސް


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖީގައި ނެދަލަންޑްސް އާއި ތުރުކީވިލާތް ބައްދަލުކުރިމެޗް ނެދަލަންޑްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. ނެދަލަންޑްސްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 6 ލަނޑު އެއް ލަނޑުންނެވެ.

ނެދަލަންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެދަލަންޑްސްގެ ފުރަތަމަ ލަނޑު މެޗްގެ އެއްވަނަ މިނެޓްގައި ޖަހައިދިނީ ޑެވީ ކްލާސެންއެވެ. މިމެޗްގައި ނެދަލަންޑްސްއިން ދެން ޖެހި ތިންލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ މެމްފިސް ޑެޕާއިއެވެ. މިގޮތުން އޭނާގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖެހި އިރު ދެވަނަ ލަނޑު ޖަހާފައި ވަނީ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭނާގެ ފަހު ލަނޑު ޖަހާފައިވަނީ މެޗްގެ 54 ވަނަ މިނެޓްގައެވެ. މިމެޗްގައި ނެދަލަންޑްސްއިން ޖެހި ފަސް ވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހައިދީފައިވަނީ ގުސް ޓިލްއެވެ. އަދި ފަހު ލަނޑު ޖަހާފައިވަނީ މެޗްގެ ފަހު މިނެޓްގައި ޖަހާފައިވަނީ ޑޮންޔެލް މަލެންއެވެ. މެޗްގައި ތުރުކީވިލާތުން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާފައިވަނީ ޗެންގީޒް އުންޑަރއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ތުރުކީގެ ޑިފެންޑަރ ޗަގްލަރ ސޮޔުންޗުއަށް ރަތް ކާޑު ދެއްކުމާއެކު މެޗްގެ ފަހު ހާފް އެއްކޮށް އެޓީމް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިކާމިޔާބީއާއެކު ނެދަލަންޑްސް މހާރު ވަނީ ކުޅުނު 6 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އުޅެނީ ރޭ 5 ލަނޑު އެއްލަނޑުން ޖިބްރޯލްޓަރ ބަލިކުރި ނޯވޭއެވެ.