ޚަބަރު

ނޫސްވެރިކަމުގެ ދާއިރާއަށް "ދައުރު"ގެ ނަމުގައި އައު ނޫހެއް


ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ކާރުންނާއެކު ނެކްސްޓް މީޑިއާ ގްރޫޕްގެ މީޑިއާ ޕްލެޓްފޯމް ތަޢާރަފްކޮށްފިއެވެ. މި މީޑިއާ ގްރޫޕުގެ އޮންލައިން ނޫހަށް ކިޔަނީ "ދައުރު"އެވެ.

މިރޭ ތާޢާރފްކުރި މި މީޑިއާގައި އެހެން އޮންލައިން ނޫސްތަކުގައިވެސް ހިމަނާފައިވާ ބައިތައް އެބަހުއްޓެވެ. މިގޮތުން ސިޔާސީ ޚަބަރުތަކާއި، ކުޅިވަރާއި ވިޔަފާރި ޚަބަރުތައް ފަދަ ދާއިރާތަކަށް ޚާއްސަކޮށް ބައިތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އެހެން ނޫސްތަކާ ޚިލާފަށް މީ ނޫހުގައި ވަނީ ޕޮޑްކާސްޓްތަކާއި، ވީޑިއޯ ސްޓޯރީފަދަ އާއްމު ބަލާ އަދި ކިޔާ ހިތްވާނެ ދާއިރާތަކެއް ހިމަނާފައެވެ. މީގެ އިތުރުން ހިޔާރު ކުރާ ޚަބަރާއި މަޢޫލޫމާތު އެއްތަނަކުން ބަލާލުމަށް އަމިއްލައށް ލޮގިންވެލައިގެން ބަލާލުމުގެ ފުރުޞަތުވެސް އެބައޮތެވެ.

މިއީ ރާޢްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި ތަޖުރިބާކާރުންނާއެކު އުފައްދާފައިވާ ނޫހެކެވެ. މީގެ އިތުރަށް މި ނޫހުގައި މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ޒުވާން ނޫސްވެރިންވެސް ހިމެނެއެވެ.

މިނޫހުގެ އިސް ބޭފުޅުންގެ ތެރެއިން އަޙްމަދު ޒާހިރު (ހިރިގާ) އާއި އަލީ ރަފީޤާއި މޫސާ ލަތީފަކީ މިދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.