ކުޅިވަރު

އަޔަލެންޑް އެއްވަރުވެ ކޮލިފައިވުމަށް ހުރަސްތަކެއް


ވޯލްޑްކަޕް ކޮލިފައިން ޔޫރަޕިއަން ކޮލިފައިން ގުރޫޕް އޭ ގައި ރިޕަބްލިކް އޮފް އަޔަލޭންޑާއި އަޒަރުބައިޖާން ވާދަކުރި މެޗު އެއްވަރުވެ ކޮލިފައިވުމަށް އަޔަލެންޑުން ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. އަޔަލޭންޑްގެ ޑުބްލިންގައި ކުޅުނު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަޒަރުބައިޖާނުންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ މުހަންމަދޯވްއެވެ. އަޔަލޭންޑުން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑަފީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ގުރޫޕްގައި ރޭ ލަންގްޒަންބާގް އަތުން ސާބިޔާ ވަނީ 4-1 ލަނޑުން މޮޅުވެފައެވެ. ގުރޫޕްގައި ކުރީގައިވާ ސާބިޔާ އާއި ޕޯޗުގަލްއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ސާބިޔާއެވެ. ތިންވަނައިގަ ލަގްޒަންބާގަށް 6 ޕޮއިންޓް ލބޭއިރު އަޔަލޭންޑް އާއި އަޒަރުބައިޖާންއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.