މުނިފޫހިފިލުވުން

ކޮރެއާ ސުޕަރސްޓާރ ސިއޯ ހޮލީވުޑަށް


"ވަޓްސް ރޯންގް ވިތް ސެކްރެޓަރީ ކިމް" ، "އިޓިއާވޮން ކްލާސް" އަދި އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ފިލްމު "ޕެރެސައިޓް" އިންވެސް ފެނިގެންދިޔަ ދެކުނު ކޮރެއާގެ ސުޕަރސްޓާރ ޕާކް ސިއޯ ޖޫން މާވެލް ސިނަމެޓިކް ޔުނިވާރސްގެ ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސިއޯގެ މި ފިލްމަކީ ކެޕްޓަން މާވެލް 2 ގެ "ދަ މާވެލް" އެވެ. އަދި މިހާރު ސިއޯ ވަނީ ފިލްމުގެ ޝޫޓިންތަކަށް ލޮސް އެންޖަލިސްއަށް ފުރާފައިކަމަށްވެސް އޭނާގެ ސްޓޫޑިއޯއިން ބުނެއެވެ. މިއާއިއެކު މި ފިލްމު ވެގެންދާނީ ސިއޯގެ ފުރަތަމަ ހޮލީވުޑް ފިލްމަށެވެ.

މީގެއިތުރުން މި ފިލްމާއިއެކު ސިއޯ ވެގެންދާނީ މާވެލްގެ "އެޓާރނަލްސް" އިން ފެނިގެންދިޔަ މާ ޑޮންގް ސިއޯކް އަދި "އެވެންޖާރސް:އޭޖް އޮފް އަލްޓްރޯން" އިން ފެނިގެންދިޔަ ކްލައުޑިއާ ކިމް އަށްފަހު މާވެލް ސިނެމެޓިކް ޔުނިވާރސްއާއި ގުޅޭ ދެކުނު ކޮރެއާގެ ތިންވަނަ އެކްޓަރަށެވެ.

ސިއޯ މިހާރު މަސައްކަތްކުރަމުންދަނީ މަޝްހޫރު މިޔުޒީޝަން އަދި އެކްޓަރ އައިޔޫ އާއެކު ފިލްމު "ޑްރީމް" ގައެވެ.

ސިއޯގެ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ވަޓްސް ރޯންގް ވިތް ސެކްރެޓަރީ ކިމް" ، "އިޓީއާވޮން ކްލާސް" ، "ފައިޓް ފޯ މައި ވޭ" އަދި "ހައުރަންގް:ދަ ޕޮޔަޓް ވެރިއަރ" ފަދަ ޑްރާމާތައް ހިމެނެއެވެ. ސިޢޯ އަކީ ދެކުނު ކޮރެއާގެ ޑްރާމާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އެއް އެކްޓަރެވެ.