ކުޅިވަރު

ނޮދަން އަޔަލޭންޑުން ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފި


ވޯލްޑްކަޕް ކޮލިފައިން ޔޫރަޕު ކޮލިފައިންގައި ނޮދަން އަޔަލޭންޑް މޮޅުވެ ވޯލްޑަކަޕަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ނޮދަން އަޔަލޭންޑް މޮޅުވީ ލިތުއޭނިޔާ ވާދަކޮށް 4-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ނޮދަން އަޔެލެންޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބެލާޑް އަދި ލެވަރީއެވެ. އެނެއް ދެލަނޑު ނޮދާން އަޔެލޭންޑުން ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުން ވޮޝިންޓަން އަދި މެކްނިއާރއެވެ. ލިތުއޭނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނޮވިކޮވަސްއެވެ.

މިމެޗުން ހޯދި މޮޅާއެކު ޔޫރަޕު ކޮލިފަން ގުރޫޕް ސީގައި ނޮދަން އަޔަލެންޑް އޮތީ އެއްވަނައިގައި އޮތް އިޓަލީއަށް ވުރެ 6 ޕޮއިންޓު ފަހަތުން ތިންވަނައިގައެވެ. ބުދަ ދުވަހުގެރޭ ސްވިޒަލޭންޑް އަތުން މޮޅުވެއްޖެ ނަމަ މިހާރު ގުރޫޕްގެ ދެވަނައިގައި 6 ޕޮއިންޓާއެކު އޮތް ސްވިޒަލޭންޑް ފަހަތަށް ޖައްސާލާ ނޮދަން އަޔަލޭންޑަށް ދެވަނައަށް އަރަން ފުރުސަތު ލިބޭނެއެވެ. ކުޅުން ތިން މެޗުން ނޮދަން އަޔަލޭންޑަށް ލިބެނީ ހަތަރު ޕޮއިންޓެވެ.