ކުޅިވަރު

ޔުނައިޓެޑްގައި ރޮނާލްޑޯ ބޭނުން ކުރާނީ 7 ނަންބަރު ޖަރޒީ


އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓާއި ވަރަށް ފަހުން ގުޅުނު ދުނިޔޭގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރެގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންކުރާނީ އޭނާ އާންމުކޮށް ބޭނުން ކުރާ 7 ނަންބަރު ޖަރސީ ކަމުގައި އެކްލަބުން ހާމަކޮށްފިއެވެ.

މިނަންބަރު ޔުނައިޓެޑްގައި ބޭނުން ކުރަމުންދިޔައީ އުރުގުއާއީގެ ފޯވަޑް އެޑިންސަން ކަވާނީއެވެ. މިބަދަލާއެކު ކަވާނީ ދެން ބޭނުން ކުރާނީ 21 ނަންބަރު ޖަރޒީ ކަމަށްވެސް އެކްލަބުން ހާމަކުރެއެވެ. މައުލޫމާތުލިބިފައިވާގޮތުގައި ކަރަންޓިންގެ ފަސް ދުވަސް ފުރިހަމަ ކުރުމަށްފަހު ރޮނާލްޑޯ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެއެވެ. ކުރިއަށް އޮތް ޕޯޗުގަލް މެޗަށް ރޮނާލްޑޯ ސަސްޕެންޑް ކޮށްފައިވުމުން ޕޯޗުގަލްއިންވަނީ އޭނާ ކްލަބާއި ގުޅުމަށްޓަކައި އިއްޔެ ރިލީސް ދީފައެވެ.

ރޮނާލްޑޯ ބުނީ ޔުނައިޓެޑަށް އެނބުރި އައި ނަމަވެސް އޭނާ އާންމުކޮށް ބޭނުން ކުރާ 7 ނަންބަރު ޖަރޒީ ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި އަދި 7 ނަންބަރު ލިބުމުން އޭނާ ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ. އަދި މިކަމަށްޓަކައި އެނާ ވަނީ ކަވާނީއަށް ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ކުރިން ކުޅުނު އިރުވެސް ބޭނުން ކޮށްފައިވަނީ 7 ނަންބަރު ޖަރޒީއެވެ. ޕޯޗުގަލް ޓީމުން ރިލީޒް ދީފައިވުމުން އެންމެ އަވަހަށް ޔުނައިޓެޑް ކުޅޭ މެޗުން ރޮނާލްޑޯ ފެނުން މިހާރު މިވަނީ ވަރަށް ގާތްކަމަކަށް ވެފައެވެ. ޔުނައިޓެޑް އެންމެ އަވަހަށް ކުޅޭ މެޗްގައި ބައްދަލުކުރާނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށެވެ.