ކުޅިވަރު

ޤައުމީ ޓީމަށް ލަނޑުޖެހުމުގެ ރިކޯޑް ރޮނާލްޑޯ މުގުރާލައިފި


ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. އޭނާ މިރިކޯޑް މުގުރާލާފައިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ގައި ރޭ ރިޕަބްލިކް އޮފް އައިލަންޑް އާއި ބައްދަލުކުރިމެޗްގައެވެ. މިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ޕޯޗުގަލްއެވެ.

މިމެޗްގައި ރޮނާލްޑޯ ވަނީ އޭނާ ޕޯޗުގަލް ޤައުމީ ޓީމަށް ޖަހައިދިން 110 ވަނަ ލަނޑާއި 111 ވަނަ ލަނޑު ޖަހައިދީފައެވެ. ރެއާއި ހަމައަށް ރޮނާލްޑޯ އާއި އީރާންގެ ކުރީގެ ބައިނަލްއަޤްވާމީ ފޯވަޑް އަލީ ދާއި އޮތީ 109 ލަނޑައެކު އެއްވަރެއްގައެވެ. ރޮނާލްޑޯ، ޢަލީ ދާއީގެ ރިކޯޑާއި އަރާ ހަމަކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ 2020 ގައި ފަރަންސޭސި ޓީމާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ޖެހި ދެ ލަނޑާއެކުއެވެ. މީގެއިތުރުން ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ލަނޑާއެކު މިވަނީ ޔޫރަޕްގައި ޤައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅެދިން ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ސަރޖިއޯ ރާމޯސްގެ 180 މެޗްގެ ރިކޯޑާވެސް އަރާ ހަމަކޮށްފައެވެ. މިބައިން ދުނިޔޭގެ ރިކޯޑް އޮންނަނީ 1969 އިން 1984 އާއި ދެމެދު މެލޭޝިއާއަށް 195 މެޗް ކުޅެދީފައިވާ ސޯ ޗިން އާން އަތުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ އާ ރިކޯޑެއް ގާއިމް ކުރެވުމުން ވަރަށް ހޮތްހަމަ ޖެހޭކަމަށް ބުނެފައެވެ. އަދި ރެކޯޑަކާއެކު ޓީމު މޮޅުވި ގޮތުން މާ ބޮޑަށް ހިތްހަމަޖެހޭކަކަމަށާއި، މީގެ ހުރިހާ ކްރެޑިޓެއް ދަނީ ހުރިހާ ކުޅުންތެރިން ނަށް ކަމަށާއި މުޅި ޓީމުވެސް ހިތްވަރު އެލުވާނުލާ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކުރުމުގެ ނަތީޖާކަމަށް ރޮނަލްޑޯ ބުންޏެވެ.