މުނިފޫހިފިލުވުން

"ބަޅޭ އައްޗޭ ލަގްތީ" އަށްފަހު ބަލާޖީން "ގަސަމް 2"


އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީން ފަހަކަށް އައިސް ފެންނަނީ ކުރީގެ މަޝްހޫރު ސީރީޒްތައް އަނެއްކާވެސް އައު ގޮތަކަށް ގެނެސްދޭ ތަނެވެ. މިގޮތުން ދާދިފަހުން ވަނީ "ސާތު ނިބާނާ ސާތިޔާ"، "ސަސުރާލު ސިމަރު ކާ" "ބަލިކާ ވަދޫ" އަދި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އައު ޝޯތަކެއް ގެނެސްދޭ ފަށާފައެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ އެކްތާ ކަޕޫރުގެ ސުޕަހިޓް ޝޯ "ގަސަމް ތެރެ ޕިޔާރު ކީ" އެވެ. ކްރަތިކާ ސެންގަރު އަދި ޝަރަދު މަލޯތްރާ ލީޑްރޯލުން ފެނިގެންދާ މި ސީރީޒަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ. ބެލުންތެރިންގެ އެހާބޮޑު ސަޕޯޓެއް ސީރީޒަށް ލިބުމުގެ ސަބަބުން މިހާރު އެކްތާ މިވަނީ ޝޯގެ ދެވަނަ ބައެއް ގެނެސްދޭން ތައްޔާރުވެފައެވެ.

ކަލާރސް ޓީވީއާއި ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ މިކަމާއި ގުޅޭ މަޝްވަރާތައްކުރަމުންނެވެ. ސިރީޒްގެ ވާހަކަތައް ދެކެވުނު ނަމަވެސް އައު ސީރީޒްގެ ލީޑުން ފެނިގެންދާނީ ކުރީގެ ސިރީޒްގެ ކާސްޓުންކަމެއް އަދި ނޭގެއެވެ.

2016 ވަނަ އަހަރު ކަލާރސް ޓީވީން ގެނެސްދޭން ފެށި މި ރޮމޭންޓިކް ސީރީޒް ނިންމާލާފައިވަނީ 2018 ވަނަ އަހަރުއެވެ.