ކުޅިވަރު

ނިއުކާސަލް އަތުން ސައުތުހެމްޓަނަށް ޕޮއިންޓެއް


އިތުރު ވަގުތު ފެނިގެން ދިޔަލަނޑު ތަކާއެކު އިނގިރޭސި ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ސައުތުހެމްޓަން ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ސައުތުހެމްޓަން އިން އެއްވަރުކުރީ 2-2 ލަނޑުންނެވެ.

މެޗުގެ ދެވަނަހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނިއުކާސަލްއިންނެވެ. ކްލަމް ވިލްސަންގެ ލަނޑުން ނިއުކާސަލް ކުރި ހޯދައިފަވަނިކޮށް ސައުތުހެމްޓަނަށް ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު އެލްޔޫނިސީއެވެ. އަލްޔޫނިސީ ވަނީ ހުސްވި ހަފްތާގައި ލީގުގައި ކަޕްގައި ސައުތުހެމްޓަން ނިއުޕޯޓް ކައުންޓީ އަތުން 8-0 ލަނޑުން މޮޅުވި މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ނިއުކާސަލްގެ ސެއިންޓް މެކްސިމިން ލީޑްނަގައި ދިން ނަމަވެސް ސުއުތުހެމްޓަނުން މެޗުގެ އެންމެ ފަހު މިނުޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ވާޑް ޕްރޯސްއެވެ.

މިއީ ލީގުގައި ސައުތުހެމްޓަނުން ވިދިވިދިގެން މޮޅެއް ނުހޯދި ނިންމާލި ހަތްވަނަ މެޗެވެ.