ކުޅިވަރު

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގުރުއަތުލުން


ޔުއޭފާއިން މިއަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް މަރްހަލާގެ ގުރުއަތުލުން ބާއްވައިފިއެވެ. މިފަހަރުގެ ގުރުއަތުލުން ބާއްވާފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. ޔުއޭފާއިން މި މުބާރާތް ކުރިއަށް ގެންދަނީ ޔޫރޮޕާ ލީގުގެ ސިސްޓަރ މުބާރާތެއްގެ ގޮތުގައެވެ.

މިމުބާރާތުގައި ޔުއޭފާގެ އެހެން މުބާރާތްތަކެކޭ އެއްގޮތަށް 32 ޓީމު ވަނީ ގްރޫޕް މަރްހަލާގައި ހިމަނާފައެވެ. މިމުބާރާތުގެ ގުރުލުމުގައި މި32 ޓީމު ވަނީ ހަތަރު ޓީމުގެ އަށް ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕްތައް ބަހާލާފައިވާގޮތުން ގްރޫޕް އޭގައި ހިމެނެނީ ލަސްކް، މެކަބީ ޓޭލް އަވީވް، އަލަޝްކަރޓް އަދި އެޗްޖޭއެޗް ހެލްސިންކީއެވެ.

ގްރޫޕް ބީގައި ހިމެނެނީ ގެންޓް، ޕާޓިޒާން، ފްލޯރާ ޓަލިން އަދި އެނޯތޮސިސް ފަމަގުސްޓާއެވެ.
ގްރޫޕް ސީގައި ހިމެނެނީ އޭއެސް ރޯމާ، ޒޯޔާ ލުހާންކް، ސީއެސްކޭއޭ ސޯފިއާ އަދި ބޯޑޯ ނުވަތަ ގްލިމްޓްއެވެ.

ގްރޫޕް ޑީގައި ހިމެނެނީ އޭޒީ އަލްކަމާރ، ސީއެފްއާރު ކްލޫޖް، ޖަބްލޮނެކް އަދި ރެންޑަރސްއެވެ.

ގްރޫޕް އީ ގައި ހިމެނެނީ ސްލާވިއާ ޕްރާގް، ފެޔެނޯޑް، ޔޫނިއަން ބަރލިން އަދި މެކަބީ ހައިފާއެވެ.
ގްރޫޕް އެފް ގައި ހިމެނެނީ އެފްސީ ކޯޕެންހޭގަން، ޕައޮކް، ސްލަވަން ބްރަޓިސްލާވާ އަދި ލިންކަން ޜޭޑް އިމްޕްސްއެވެ.

ގްރޫޕް ޖީ ގައި ހިމެނެނީ ޓޮޓްނަމް ހޮޓްސްޕަރ، ރޭނޭ، ވިޓޭސޭ އަދި އެންއެސް މޫރާއެވެ.
އަދި ގްރޫޕް އެޗް ގައި ހިމެނެނީ ބާސެލް، ގަރަބަގް، ކައިރާޓް އަލްމާޓީ އަދި އޮމޮނޯއިއާއެވެ.

މިމުބާރާތުގެ ގްރޫޕް މަރްހަލާގެ މެޗްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ގްރޫޕް މަރްހަލާގެ މެޗްތައް ނިމޭނީ 9 ޑިސެމްބަރ ގައެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ އަށް ޓީމް އޮޓަމެޓިކުން ދެވަނަ ބުރަށް ދާއިރު ކޮންމެ ގްރޫޕަކުން ދެވަނައަށް ދާ ޓީމްތަކަށް ޖެހެނީ ޔުއޭފާ ޔޫރޮޕާ ލީގުގެ ގްރޫޕް މަރުހަލާގައި ކޮންމެ ގްރޫޕަކުން ތިންވަނައަށް ދާ ޓީމް ތަކާއި ޕްލޭ އޮފްގެ ދެމެޗް ކުޅޭށެވެ. އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރަށް ދާނީ މިޕްލޭ އޮފުން މޮޅުވާ އަށް ޓީމެވެ.

ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އަލްބޭނިއާގެ ޓިރާނާގައި ހުންނަ އެއަރ އަލްބޭނިއާ ސްޓޭޑިއަމް ގައެވެ.