މުނިފޫހިފިލުވުން

ސާޅީގައި ނޫންގޮތަކަށް އޯޑިއަންސް ބަލައެއް ނުގަތް: ޕްރިތީ


2000 ވަނަ އަހަރު ދެއްކި ސުޕަރ ހިޓް ރޮމޭންޓިކް ފިލްމު "މުހައްބަތޭން" އަދި މިޔުޒިކް ވީޑިއޯ "ޗުއިމުއިސި ތުމް ލަގްތީ" އިން ބޮލީވުޑަށް ތަޢާރަފްވި ރީތި ބަޠަލާ ޕްރިތީ ޖަންގިޔާނީ މިހާރު އެއްވެސް ފިލްމަކުން ނުފެނެއެވެ.

ޕްރިތީ ވަނީ އޭނާ ސްކްރީނުން ނުންފެންނަ ސަބަބާއި ގުޅިގެން ދާދި ފަހުން ވާހަކަދައްކާފައެވެ. ޕްރިތީ ބުނީ "މުޙައްބަތޭން" އަށްފަހު ސާޅީގައި ނޫންގޮތަކަށް ބެލުންތެރިން އޭނާ ޤަބޫލެއް ނުކުރިކަމަށެވެ. މިއަދާއި ހަމައަށްވެސް ބެލުންތެރިން އޭނާ ބަލައިގަތްފައިވަނީ އެއްވެސް ކަހަލަ ބާރެއްނެތް ދަނބިދަރިއެއްގެ ގޮތަށެވެ. މިކަމުގެ ސަބަބުން އޭނާއަށްވެސް އެ ތަސްވީރުން ބޭރުވާން އުދަގޫވެފައިވާ ކަމުގައިވެސް ޕްރިތީ ބުނެއެވެ.

"މުހައްބަތޭން" ގެ ފަހުން އޭނާ ކުޅުނު "ވިކްޓޯރިއާ ނަންބަރ 203" ކީވެސް އޭނާ ވަރަށް ގަޔާވާ ފިލްމެއް ކަމަށާއި ފިލްމުގެ ފޮޓޯ ޝޫޓުގެ ފޮޓޯތައް މިހާރުވެސް އޭނާ ގެންގުޅޭކަމަށް ޕްރިތީ ބުނެއެވެ. ނަމަވެސް ބެލުންތެރިން މި ފިލްމުވެސް ބަލައިގެންފައި ނުވާކަމަށް އޭނާ ބުނެއެވެ. އަދި މިހާރުވެސް އޭނާއަށް މީހުން ގޮވަނީ "މުހައްބަތޭން ގާރލް" ގެ ނަމުންކަމަަށްވެސް ޕްރިތީ ބުނެއެވެ.

ފިލްމު "މުހައްބަތޭން" ގައި ޕްރިތީ ފެންނަނީ އެކްޓަރ ޖިމީ ޝޭރްގިލް އާއިއެކުގައެވެ. ފިލްމުގައި ޕްރިތީގެ ކެރެކްޓަރ އަކީ ވަރަށް މަޑުމައިތިރި މީހެއްގެ ރޯލެވެ. ޕްރަވިން ދަބާސް އާއި ކައިވެނިކޮށްގެން އުޅޭ ޕްރިތީގެ ދެ ފިރިހެންކުދިން މިހާރު ތިބެއެވެ.