މުނިފޫހިފިލުވުން

ބްރެޑް ޕިޓް ގެ "ބުލެޓް ޓްރެއިން" ޓީޒަރ ދައްކާލައިފި


ލަސް ވޭގަސްގައި ކޮންމެ އަހަރަކު ބާއްވާ އެނުއަލް ސިނެމާކޮން އެކްޒިބިޝަންގައި 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސޮނީ ޕިކްޗާރސްއިން މި ވަނީ ބައިވެރިވެފައެވެ. ސޮނީން ވަނީ އެ ޕްރޮޑަކްޝަން ހައުސްގެ ކުރިއަށް އޮތް އެކްޝަން ތްރިލަރ ފިލްމު "ބްލެޓް ޓްރެއިން" ގެ ޓީޒަރ އެއްވެސް މި ހަފްލާގެ ތެރޭގައި ދައްކާލާފައެވެ.

ޓީޒަރގައި ފެނިގެންދަނީ ގޮތް ނޭގޭ ބްރީފްކޭހަކާއި ހެދި ފިލްމުގެ ދެ ތަރިން ކަމަށްވާ ބްރެޑް ޕިޓް އަދި ބޭޑް ބަނީ ތަޅާފޮޅާ މަންޒަރެވެ.

85.9 މިލިއަންގެ ބަޖެޓަކުން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް ލީޗްއެވެ. ކޯޓާރޯ އިސާކާގެ ނަވެލް މާރިއާ ބީޓްލަށް އުފައްދާ ބްރެޑް ޕިޓްގެ އިތުރުން ބޮޑު ކާސްޓެއް ހިމެނެއެވެ. އޭގެތެރޭގައި ސަންޑްރާ ބުލޮކާއި އެންޑްރިއު ކޯޖީ އަދި ޖޯއީ ކިންގެ ހިމެނެއެވެ. މި ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ 7 ވަނަދުވަހުއެވެ.