ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކައިން މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ކަންކަމާ ގުޅިގެން އެކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރުމާ ގުޅިގެންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ދެކުނުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި އިދިކޮޅު ފަރާާތްތަކަށް މަރުޙަބާކިޔަންދިޔަ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ.
— Fenaka Corporation Ltd (@TeamFenaka) August 24, 2021
ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއް ވަކިކޮށްފައިވަނީ- (1/2)
އެހެންނަމަވެސް ފެނަކައިން އެކަން ދޮގުކުރައްވައެވެ. އެކުންފުނިން ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަކީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ދަށް، އަދި ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް ނޫން މުވައްޒަފުންކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކައިގެ މަޝްރޫއެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތްކުރަމުން ދިޔަ ވަގުތީ މުވައްޒަފުންްތަކެއްކަމަށެވެ.
ފެނަކައާ ގުޅޭގޮތުން ހަޤިޤަތާ ޚިލާފު ވާހަކަތައް ބައެއް މީޑިއާތަކުން ޝާއިޢުކޮށްފައިވާކަމަށާ އެކަމާ ހިތާމަކުރާކަމަށް އެކުންފުނިން ވިދާޅުވެއެވެ.