މުނިފޫހިފިލުވުން

"ސްޕައިޑަރ މޭން ނޯވޭ ހޯމް"ގެ ޓްރެއިލަރ، ޑރ އޮކްޓަޕަސްވެސް ފެނޭ

ސްޕައިޑަރ މޭންގެ ފިލްމަތަކަށް ލޯބިކުރާ މީހުންނަށް އަނެއްކާވެސް މި އޮތީ އުފާވެރި ހަބަރެކެވެ. މާވެލްގެ މި އަހަރުގެ ކަލަންޑަރުގައި އޮތް ސްޕައިޑަރ މޭންގެ ފިލްމު " ސްޕައިޑަރ މޭން ނޯވޭ ހޯމް" ގެ އޮފިޝަލް ޓީޒަރ ޓްރެއިލަރ މިއަދު މިވަނީ ދައްކާލާފައެވެ. މި ޓްރެއިލަރއަށް ބަލާލުމުން "ސްޕައިޑަރ މޭން 2" ފެނިގެންދިޔަ ޑރ އޮކްޓަޕަސް މަރުވީތޯ ސްޕައިޑަރ މޭންގެ ފޭނުން ކުރާ ސުވާލަށް ޖަވާބުލިބެއެވެ. އައު ޓްރެއިލަރ ނިންމާލަނީ ޑރ އޮކްޓަަޕަސް ދައްކާލުމަށްފަހުއެވެ.

މާވެލް ކޮމިކްސްގެ ސުޕަރ ހީރޯ ސްޕައިޑަރމޭންގެ އައު ވާހަކަތަކެއް ގެނެސްދޭ މި ފިލްމަކީ 2017 ވަނަ އަހަރު ނުކުތް " ސްޕައިޑަރމޭން ހޯމް ކަމިން" ގެ ސީކިއެލްއެކެވެ. މާވެލާއި ކޮލްމަބިއާ ޕިކްޗަރސްގެ އިތުރުން ސިނޯ ޕިކްޗަރސް ގުޅިގެން އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ ޖޮން ވޮޓްސްއެވެ.

ފިލްމުގައި ޕީޓަރ ޕާކަރ ސްޕައިޑަރމޭންގެ ރޯލުން ފެނިގެންދާނީ ޓޮމް ހޮލެންޑްއެވެ. ދެން ފެނިގެންދާ ތަރިންގެ ތެރޭގައި " ސްޕައިޑަރމޭން ހޯމް ކަމިން"ގެ ތަރިންތައްވެސް ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 16 ވަނަދުވަހުއެވެ.