މުނިފޫހިފިލުވުން

އެކްޓަރ މަހޭޝް މަންޖްރޭކަރް ބްލަޑް ކެންސަރަށް ފަރުވާހޯދަނީ


ހިންދީ އަދި މަރާތީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރ އަދި ޕްރޮޑިއުސަރ މަހޭޝް މަންޖްރޭކަރް ކެންސަރަށް ފަރުވާދީފިއެވެ. އެނާ ފަރުވާ ދީފައިވަނީ ޔޫނިރަނީ ބްލަޑް ކެންސަރަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަހޭޝްގެ ހަށިގަނޑުން ކެންސަރު ފެނުމުން ޑޮކްޓަރު ލަފާދީފައިވަނީ އޮޕަރޭޝަނެއް ކުރުމަށެވެ. އޭގަފަހުން މުމްބާއީގެ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލްގައި މަހޭޝް ވަނީ އޮޕަރޭޝަން ކޮށްފައެވެ. މިހާރު މަހޭޝްވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައެވެ. މަހޭޝްގެ ހާލުވެސް މަޑުމަޑުން ރަގަޅުވަމުން އަންނަކަމަށް ހަބަރުތައް ބުނެއެވެ.

މަހޭޝް މިހާރު ފަށާފައިފައި މަސައްކަތްތަކުގެ ތެރޭގައި ސަލްމާން ޚާނާއި ޅިޔަނު އަޔުޝް ޝަރުމާ ލީޑްރޯލުން ފެންނަ ފިލްމު "އަންތިން: ދަ ފައިނަލް ޓްރަތް" ގެ ޑައިރެކްޝަންގެ މަސައްކަތް ހިމެނެއެވެ. ނުބައި ބައިގެ އިތުރުން ކޮމެޑީ ރޯލަތަކަށް މޮޅު މަހޭޝްވަނީ ކާމިޔާބު ގިނަ ފިލްމަތަކެއް ކުޅެފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނާއި އެކު މަހޭޝް ވަނީ ފެނިގެން ގޮސްފައެވެ.

މީހުންނާއި ގުޅޭ މަޖާ މިޒާޖެއްގެ މަހޭޝްވަނީ މި ފަހަރުގެ އިންޑިއަން އައިދޮލްގެ ބައިވެރިނަށް ކެއުމަކަށް އެ ގެއަށް ދައުވަތުވެސް ދީފައެވެ.