ކުޅިވަރު

ބިލްބާއޯ އާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު


ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯ އާއި އެފްސީ ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މިމެޗް އެއްވަރުވީ އެއްލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޯއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ ބިލްބާއޯގެ އިނާގީ މާޓިނޭޒްއެވެ. ނަމަވެސް ބާރސާ އާއި މިސީޒަންގައި ގުޅުނު މެމްފިސް ޑިޕާއި ވަނީ މެޗްގެ 75 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ދެޓީމުންވެސް ނުރައްކާތެރި ހަމަލާ އުފައްދާފައިވާއިރު ދެޓީމުން ފޮނުވާލިއެއް ވަނީ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. އަދި މެޗްގައި ލިޑު ނެގުމަށް ދެޓީމަށްވެސް ލިބުނު ގިނަ ފުރުސަތުތަކެއްވަނީ ބޭނުންނުހިފި ބޭކާރުވެފައެވެ. މިމެޗްގެ ފަހު މިނެޓްގައި ބާރސާގެ ޒުވާން ޑިފެންޑަރ އެރިކް ގާސިއާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމެޗް އެއްވަރުވުމުން ލިބުނު އެއްޕޮއިންޓާއެކު ދެމެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ވަގުތީ ގޮތުންވަނީ ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް ލަލީގާގައި މިއަދާއި މިރޭ ކުޅޭ މެޗްތަކާއެކު ތާވަލަށް ބަދަލު އައުން އަވަށް ގާތްވާނެކަމަށް ބެލެވެއެވެ.