މުނިފޫހިފިލުވުން

މާވެލްގެ 'އެޓާރނަލްސް'ގެ އެންމެފަހު ޓްރެއިލަރ


ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އެކަޑަމީ އެވޯޑް ޙާސިލްކޮށްފައިވާ ޑައިރެކްޓަރ ޗޯލޭ ޒާއޯ ޑައިރެކްޓް ކޮށްފައިވާ މާވެލް ފިލްމު "އެޓާރނަލްސް" އެންމެފަހުގެ ޓްރެއިލަރ ދައްކާލައިފިއެވެ.

މާވެލް ސިނަމެޓިކް ޔުނިވާރސްގެ ސުޕަރ ހީރޯސް ތަކަކަށް އަނެއްކާވެސް މަރުޙަބާ ކިޔާ މި ފިލްމުގައި ރިޗާރޑް މެޑެން، ގެމާ ޗާން، ކުމައިލް ނަންޖިއާނީ، ލައުރެން ރިޑްލޮފް، ބްރިއަން ޓައިރީ ހެންރީ، ސަލްމާ ހަޔެކް، ލިޔާ މެކް ހުގް، ޑޮން ލީ، ބެރީ ކޮއެގާން، އެންޖީލާނާ ޖޯލީ އަދި ކިޓް ހެރިންޓަން ފެނިގެންދާނެއެވެ.

ޓްރެއިލަރ ގައި ދައްކާ ގޮތުން ކެރެކްޓަރ ތަކަށް ލިބިފައިވާ ބަރާއިއެކު އެކްޝަން ސީންތަކެއް ފެނިގެންދެއެވެ. އަދި ޓްރެއިލަރގައި ބޭނުންކޮށްފައި ހުރި މޮޅު ވިޝުއަލްގެ ސަބަބުން މިހާތަނަށް ބަލާފައިވާ މާވެލްގެ އެހެން ފިލްމުތަކާއި މި ފިލްމު ތަފާތުވާނެކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

"އެޓާރަނަލްސް" ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު 5 ގައެވެ.

2019 ވަނަ އަހަރު ޖުލައިމަހު ފަށާފައިވާ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާރސްގެ 26 ވަނަ ފިލްމެވެ. 200 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކަށް އުފައްދި މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރޭޔަން ފިރްޕޯ އަދި މެތިއު ކޭ ފިރްޕޯ އެވެ.