ޚަބަރު

ރަސްފަރި ފަރަށް އާގު ބޯޓެއް އަރައިފި


ކ.ރަސްފަރި ފަރަށް އާގު ބޯޓެއް އަރައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އާގު ބޯޓު އަރާފައިވަނީ ކ.ރަސްފަރި ހުޅަނގު ފަރާތު ފަރަށްކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އާގު ބޯޓު ފަރަށް އެރުމާއި ގުޅިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީންވެސް ވަނީ މިކަން ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޓީމެއް އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ހަރަކާތްތެރިވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.