މުނިފޫހިފިލުވުން

ލާރާ އިންދިރާ ގަނދީއަށް ބަދަލުކޮށްލި ގޮތް


މާދަމާ ސިނަމާތަކަށް އަންނަ އަކްޝޭގެ "ބެލްބޮޓަމް" މިވަނީ އެތައް ބަޔަކަށް ހާއްސަ ފިލްމަކަށްވެފައެވެ. އޭގެތެރެއިން އެކަކީ މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރާ ތަރި ލާރާ ދައްތާއެވެ.

ލާރާ މި ފިލްމުގައި އަދާކުރަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. މި ފިލްމުގެ ޕްރޮމީޯ ދައްކާލުމުން ފުރަތަމަ ވެސް އެންމެ ގިނަ ބަޔަކަށް އުފެއްދުނު ސުވާލަކީވެސް އެ ކެރެކްޓަރ އާއި ގުޅިގެން އުފެދުނު ސުވާލުތަކެވެ. އެ ރޯލުން އެ ފެންނަނީ ކާކުތޯ ކުރެވުނު ސުވާލުތަކެވެ.

އެ ރޯލަށް ލާރާ ބަދަލުކޮށްލާފައިވާ ގޮތް ވަރަށް ތަފާތެވެ. ބަލާ ބެލުމަށް އެއީ ލާރާ ދައްތާހެން ހީވެސް ނުވެއެވެ. ލާރާ މިވަނީ އެނާ މި ރޯލަށް ބަދަލުކޮށްލިގޮތް އިންސްޓަރގްރާމް މެދުވެރިކޮށް އެނާގެ ފޭނުންނަށް ދައްކާލާފައެވެ.

ލަރާ ބުނީ އިންދިރާ ގާންދީ ފަދަ ވަރުގަދަ ޝަހުޝިއްޔަތެއް ކުޅެން ލިބުނަކީ ކެރިއަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް އެނާ އިންދިރާ ގާންދީއަށް ބަދަލުކޮށްލާފައިވާ ގޮތް ސްކްރީނުން ފެނުމުން ހައިރާންވިކަމަށެވެސް ލަރާ ވަނީ ބުނެފައެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ "ބެލް ބޮޓަމް" ގައި ދައްކުވައިދެނީ 1984 ވަނަ އަހަރު ހިނގާފައިވާ ހާދިސާތަތަކެވެ. އެ އަހަރަކީ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އިންދިރާ ގާނދީ އަވަހާރަކޮށްލި އަހަރެވެ.